English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްޙޫރު ފިލްމީ ތަރި ސަލްމާން ޚާން ގެ “ބާރަތު” ގެ ޓްރެއިލާ ދައްކާލައިފި އެވެ. ގިނަ ބަޔަކު މި ފިލްމުގެ ޓްރެއިލާ އަށް އިންތިޒާރު ކުރަމުން އަންނަނިކޮށް ދައްކާލީ “ބާރަތު” ގެ ޓްރެއިލާ ގައި ފިލްމުގައި ސަލްމާން ފެންނަ ފަސް ލުކް ވެސް ވަނީ ހިމަނާފަ އެވެ. މީގައި އޭނާއާ އެކު ފެންނަ ތަރިންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޑިޝާ ޕަޓްނީ،، ތައްބޫ، ސުނިލް ގްރޯވާ، ޖެކީ ޝްރޮފް އަދި ނޯރާ ފަތެހީ ހިމެނެ އެވެ.

ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރާ “ބާރަތު” އަކީ 2014 ގައި ރިލީޒްކުރި ކޮރެއާ ފިލްމު “އޯޑް ޓް މައި ފާދާ” އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މީގެ މައިގަނޑު ވާހަކައަކީ އުފަން ގައުމަށްޓަކައި ގައުމު ދެކެ ލޯބިވާ މީހަކު ކުރާ މަސައްކަތެވެ.

3 މޮނެޓުގެ ޓްރެއިލާ ނެރެފައިވާ އިރު މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޖޫންގެ 5 ވަނަ ދުވަހުގައެވެ. މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަތުލް ކުލްކަރުނީ އާއި ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފާއި ޓީ ސީރީޒް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަލީ އައްބާސް ޒަފަރެވެ.

ޓެގު