English Edition
Dhivehi Edition

މިއަދު ކުރިއަށް ގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު ރަޝީދު (ހިޔަލީ އަޙްމަދު ރަޝީދު) ކާމިޔާބު ކޮށްފިއެވެ.

އިންތިޚާބުގެ ނަތީޖާ މިހާރު އިއުލާން ކުރަމުންދާއިރު ވަގުތީ ނަތީޖާގައި ބޮޑު ތަފާތަކުން އެންމެ ކުރީގައި އޮތީ އަޙްމަދު ރަޝީދެވެ.

މި ދާއިރާގައި އަޙްމަދު ރަޝީދު ގެ އިތުރުން ވާދަކުރައްވަވާފައިވަނީ ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވެވި ކެންޑިޑޭޓް ޙުސައިން ސާލިޙް އާއި އަމިއްލަ ގޮތުން ވާދަކުރެއްވެވި މުޙައްމަދު އާރިފްއެވެ.