English Edition
Dhivehi Edition

ތިން ދައުރަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

ރޭ މާލޭގެ އާޓިފިޝަލް ބީޗްގައި، އެމްޑީޕީގެ ފަރާތުން ހެންވޭރުގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ތިން ބަޔަކަށް ބަހަލާގެން ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އާމްދަނީއެއް ނުލިބި، އެއްވެސް ގޮތެއްގައި ބޯހިޔާވަހިކަމެއް ނެތް މީހުންނަށް، އާމްދަނީއެއް ލިބެންދެން ހިލޭ، ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށާއި ލިބޭ އާމްދަނީން ދެކޮޅުނުޖެއްސޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފްލެޓް ލިބޭނެ ގޮތް ހަދައިދީ، އެ ފަރާތްތަކަށް ލުއި ލޯނު ލިބޭ ގޮތް ހަދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓް ތަކަކީ އިންސާނުން ދިރިއުޅެން ކަމުދާ ވަރުގެ ތަންތަން ނޫންކަމަށެެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރަކުން ކަންތައް ކުރަން ޖެހޭ ގޮތަކީ އެއީ ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހަދާ 900 އަކަ ފޫޓް ފުލެޓެއްގެ އަގު 6،000 ރުފިޔާ އަށް ނާރާނެ ކަމަށެވެ.