English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ހުދު މުޚުތާރު ވެރިޔާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްޢަފޫރު މޫސާ އަށް ތާއީދު ހޯއްދެވުމަށް ހަނިމާދޫއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވި މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރައީސް ޔާމީން އަނެއްކާ ވެސް ގައުމު އަނދަވަޅަކަށް ވައްޓަވާލައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ މި ފެށޭ އޭޕްރީލް މަަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ނުބާއްވާ ފަސް ކުރަން ވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އިންތިހާބު ބާއްވާން ހަމަޖެހިފައި ވާ ގޮތަށް ކުރިއަށް ދާނޭ ކަމަށެވެ.