އައްޑޫސިޓީގެ ހިތަދޫ އަވަށު ސަހަރާ އަށް އިތުރު ކުރެވޭ ފާރު ރޭނުމުގެ މަސައްކަތް ފަށައިފިއެވެ.
މި ސަހަރާގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އައިޑީސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ހިތަދޫގައި މީޙުން ވަޅުލުމަށް ބޭނުންކުރާ ސަހަރާ ބޮޑުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މީގެ ކުރިން ހިތަދޫ މަސްޖިދުލް ބާޤިއާ ހުންނަ މަގުގެ ފުއްޓަރާވީ ކޮޅުުގައި ފަންސާސް ހާސް އަކަފޫޓުގެސަހަރާއެއް ހެދުމަށްވެސް މިދިޔަ އަހަރު ވަނީ ފަށާފައެވެ. އެތަނުގެ އިން ފާރު ރޭނުމަށް މިނިސްޓްރީން ތަފާތު ގިނަ ފަހަރުތަކެއްގެ މަތިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އެތަނުގައި ސަހަރާއެއް ހަދާތީ ކަންބޮޑުވުން ފާޅުކޮށް ފާރު ރޭނުގެ މަސައްކަތް ހުއްޓުވުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
ހިތަދޫ ސަހަރާ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ބޭނުންކުރާ ސަހަރާ ވަނީ އެއްކޮށްފުރި އަދި އިތުރު މީހުން ވަޅުލެވޭނެ ޖާގަ ހުސްވެފައެވެ.