English Edition
Dhivehi Edition

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އޭއޯނިއުސް އިން އިޝްތިހާރު ކުރާނެ ކެންޑިޑޭޓަކަށް އިބްރާހިމް ނާޒިލް ހަމަޖައްސައިފިއެވެ.

ނާޒިލް އަކީ އެމްޑީޕީގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަވަމުން ގެންދަވާ އަދި އެމްޑީޕީގެ ހިތަދޫ ގޮފީގެ ރައީސް ގެ މަގާމު ވެސް އަދާކުރައްވަވާ ބޭފުޅާއެވެ.

ނާޒިލް ފާހަގަ ކުރެވެނީ ޕާޓީއަށް ވަފާތެރި އަދި ޕާޓީގެ ގިނަ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައެވެ.

މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ޕްރޮމޯޓް ކޮށް ދިނުމަށް އޭއޯ ނިއުސް އިން ފުރުސަތު ހުޅުވާލާ، ކޮންމެ ދާއިރާއަކުން އެއް ކެންޑިޑޭޓަކަށް ފުރުސަތު ދޭ ގޮތަށް ވަނީ ނިންމާފައެވެ. މިގޮތުން އޭއޯ ނިއުސް އިން މަޖިލިސް އިންތިޚާބަށް މިވަގުތު އިޝްތިހާރުކޮށް ޕްރޮމޯޓް ކޮށްދޭ ކެންޑިޑޭޓުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާއިން ރޮޒެއިނާ އާދަމް، ހުޅުދޫ ދާއިރާއިން މުޙައްމަދު ޝާހިދު، ފޭދޫ ދާއިރާއިން އިބްރާހިމް މުޙައްމަދު ދީދީ، ހިތަދޫ އުތުރު ދާއިރާއިން މުޙައްމަދު އަސްލަމް ހިމެނެއެވެ.