English Edition
Dhivehi Edition

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި މީދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ރޮޒައިނާ އާދަމްއަށް ތާއިދުކުރާ ފަރާތްތަކުން’އެޖެންޑާ19′ ގެ ނަމުގައި ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު އައްޑޫ ސިޓީ މީދޫގައި ބޭއްވި މި ވެހިކަލް ބުރުގައި ރޮޒައިނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ވެހިކަލް ބުރުގައި މަޖިލީސް އިންތިހާބުގައި ރޮޒައިނާއަށް ތާއިދުކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު އެމީހުން ވަނީ މި ދާއިރާގެ ތަރައްޤީއަށްޓަކައި، މަޖިލީސް އިންތިހާބުގައި ރޮޒައިނާއަށް ވޯޓު ދިނުމަށް ގޮވާލާފައެވެ.

މިހާރުވެސް މީދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ރޮޒޭ ވަނީ މަޖިލިހުގައި އިދިކޮޅު ސަރުކާރުގެ މެމްބަރެއްގެ ގޮތުގައި ވެސް މީދޫ ދާއިރާއަށް ދިމާވާ ގިނަ މައްސަލަތަކަށް ހައްލުހޯދުމަށް ރައްޔިތުންގެ ހައްގުގައި އަޑުއުފުއްލަވައި ވަކާލާތު ކުރައްވަވާފައެވެ. ރޮޒޭވަނީ ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި އައްޑޫމީދޫ ދާއިރާއަށް ފާގަތި މުސްތަގުބަލެއް ހޯދަވައި ދެއްވެވޭނެ ކަމުގެ ޔަގީންކަން އެ ދާއިރާގެ ރައްޔަތުންނަށް ދެއްވާފައެވެ.

މަޖިލިހުގައި ރޮޒޭ ފާހަގަކޮށްލެވެނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވަވާ ދާއިރާގެ ހައްގުގައި އަޑު އުފުއްލަވާ ، ޕާޓީއަށް އިޚުލާސްތެރި މެމްބަރެއްގެ ގޮތުގައެވެ.