English Edition
Dhivehi Edition
ޖޮއިންޓް އެނުއަލް ޖޫނިއާރ ކެޑޭޓް ކޭމްޕު2 ފޭދޫ ސްކޫލް 2019

ޖޮއިންޓް އެނުއަލް ޖޫނިއަރ ކެޑޭޓް ކޭމްޕް 2 ފޭދޫ ސްކޫލްގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

4 ދުވަހަށް ބާއްވާ މި ކޭމްޕު ފަށާފައިވަނީ 11 މާރިޗު 2019 ވަނަ ދުވަހުއެވެ.

މިއީ މަރަދޫ ސްކޫލުގެ ކެޑޭޓުންނާއި ފޭދޫ ސްކޫލުގެ ކެޑޭޓުން ހިމެނޭގޮތަށް ފޭދޫސްކޫލުން ރާވައިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. ކޭމްޕުގައި 23 އަންހެން ކުދިންނާއި 42 ފިރިހެން ކުދިންނާއި އެކު ޖުމުލަ 65 ކުދިން ބައިވެރިވެފައިވެއެވެ.

ކޭމްޕާއި ބެހޭގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ ގެ ސަދަން ރެޖިމެންޓް ކޮމާންޑަރ ކެޕްޓަން އާމިނަތު ސަލްމާ ވިދާޅުވީ މި ކޭމްޕުގެ މަޤުސަދަކީ އިސްލާމްދީނާއި ދިވެހި ޤައުމުދެކެ ލޯބިވާ ކިޔަމަންތެރި ވަފާތެރި ވަގުތަށް ކަމޭހިތާ ދަރިވަރުންތަކެއް އުފެއްދުން ކަމުގައެވެ.

ކޭމްޕާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ސަލްމާ ވިދާޅުވީ ކޭމްޕުގައި ދަރިވަރުންނަށް ފިޒިކަލް ޓްރެއިނިން، ފަސްޓް އެއިޑް، ފީލްޑް ކްރާފްޓް، ފުޓް ޑްރިލް، ފީލްޑް އިންޖިނިއަރިންގެ ސެޝަންތައް ނަގާދެވޭނެކަމަށެވެ. އަދި ޕްލެޓޫންތަކުގެ މެދުގައި ވާދަވެރި ކުޅިވަރު މުބާރާތެއްވެސް ކުރިއަށްދާނެކަމަށެވެ.

އައްޑޫ ސްކޫލްތައް ގުޅިގެން ކޮންމެ އަހަރަކުވެސް ކެޑޭޓު ކޭމްޕުތައް ބާއްވަމުން ގެންދައެވެ.