English Edition
Dhivehi Edition

މަޝްހޫރު ޔޫޓިއުބަރ ދާނިޝް ޒެހެން ގެ މަރަށް ދެ މަސްވެފައިވާއިރު އަދިވެސް އޭނާއަށް ތާއިދުކުރާ ގިނަ މީހުންނަށް އެ ހަބަރު ގަބޫލުކުރަން އުދަގުލެވެ. ދާނިޝްގެ ކުއްލި މަރާއި އެކު ގިނަ ބައަކަށް ބޮޑު ޝޮކެއް ލިބުނު އިރު މި ހިތާމައިގައި ބޮލީވުޑްގެ ގިނަ ފަންނާނުންވެސް ވަނީ ބައިވެރިވެފައެވެ.ދާނިޝްގެ މަރާއެކު ގިނަ ބަޔަކު އެހެން މީހުންގެ ސަމާލުކަން ހޯދުމަށާއި މަޝްހޫރުވުމަށް އޭނާއާއި ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކާ ވީޑިއޯތައް އާންމުކޮށްފައިވެއެވެ.

މި ގޮތުން ‘އެކް ވީރްކީ އަރްދާސް ވީރާ’ގެ ތަރި އަރިޝްފާ ހާންވެސް ވަނީ ދާނިޝް މަރުވުމުން އެކަމާއި ހިތާމަކޮށް އޭނާ ރޯން އިންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އޭރު މި ވީޑިއޯގެ ސަބަބުން އޭނާއަށް ފަހުން ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ވިސްނިފައި ނެތްނަމަވެސް އެންމެ ފަހުން އަރިޝްފާއަށް މިވަނީ ގެއިން ނިކުންނަން ދަތިވެފައެވެ. ދާނިޝްގެ ބޭބެ ގުފްރާންގެ ސަބަބުން އަރިޝްފާއާއި އޭނާގެ އާއިލާއަށް އެތައް އުދަގޫތަކެއް ކޮންމެ ދުވަހަކު ކުރިމަތިވަމުންދާއިރު އޭނާގެ އާއިލާއިންވަނީ މީޑިއާގައި މި ވާހަކަ ހިއްސާކޮށްފައެވެ.

އަރިޝްފާގެ މަންމަ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދާނިޝްގެ ބޭބެ ގުފްރާން ގަބޫލުކުރާ ގޮތުގައި ދާނިޝް އާއި އަރިޝްފާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި ދާނިޝްގެ މަރުގެ އިލްޒާމް އަރިޝްފާގެ ބޮލުގައި އަޅުވަމުންދާކަމަށާއި އެ ވާހަކަތައް ދެއްކުމަށް ތަކުރާރުކޮށް މަޖުބޫރުކުރަމުންދާ ކަމަށް އަރިޝްފާގެ މަންމަ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ ދާނިޝް އަސްލު ރައްޓެހިވެގެން އުޅުނީ އަރަފިއާ ނަމަކަށް ކިޔާ އަންހެންކުއްޖަކާ ކަމަށެވެ. “ދާނިޝް އާއި އަރިޝްފާއަކީ ވަރަށް ގާތް އެކުވެރިން އެހެން ގުޅުމެއް ނެތް”އަރިޝްފާގެ މަންމަ ބުންޏެވެ.

ގުފާރްނާގެ އުދަގުލާ ހެދި ގެއިން ބޭރަށް ދިއުމަށް ދަތިވެފައިވާ އަރިޝްފާ ބުނީ މިހާރު ޓުއިޝަނަށް ދިއުމާއި ބޭރަށް ދިއުން އޭނައަށް ބޮޑު އުދަގުލަކަށް ވެފައިވާ ކަމަށެވެ. އަދި މި އުދަގޫތަކުގެ ސަބަބުން އޭނާގެ މަންމައަށް ކެތްނުކުރެވިގެން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް އަރިޝްފާ ބުންޏެވެ.

ދާނިޝް މަރުވެފައިވަނީ މިދިޔަ އަހަރު ގެ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ކައިވެނި ހަފުލާއެއްގައި ބައިވެރިވުމަށް ފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި މުމްބާއީގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައެވެ