އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
8 މަސް ކުރިން
އަޙްމަދު

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ދައުވާކުރާ ފަރާތުން ހާޒިރު ނުވުމުން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫ ފޭދޫ ދާއިރާ ވަކިކޮށްދިނުމަށް އެދިމައްސަލަ ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ، ފައިވްރޯޒް މުމްތާޒް އަލީގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށެވެ. އަދި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށާއި އެ މައްސަލަ ނިމެންދެން އައްޑޫ ސިޓީގައި އިންތިހާބު ބޭއްވުން މަޑުޖައްސާލުމަށް އެ މައްސަލައިގައި އެދިފައިވެ އެވެ.

Advt

Advertisement

އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނަގާފައިވާ އިޖްރާއީ ނުކުތާއާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވަން ހަމަޖެއްސި އަޑުއެހުމެކެވެ. އެކަމަކު އެ އަޑުއެހުމަށް ދައުވާކުރާ ފަރާތާއި ވަކީލުން ހާޒިރު ނުވުމުން ހައި ކޯޓުން ވަނީ އެ މައްސަލާގެ ދައުވާ ފޯމް ބާތިލްކޮށް، މައްސަލަ ބޭރުކޮށްލައިފަ އެވެ

އެ މައްސަލާގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލާއި ދައުލަތް ވެސް އޮތީ ތަދައްޚުލްވެފަ އެވެ.