English Edition
Dhivehi Edition

ފިއުލް ސަޕްލައި އިން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ހިފައިގެން ދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި ފައިސާތަކެއް ފޭރިގަނެފިއެވެ

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގެ ސެންޓްރަލް މޯލްގައި ހުންނަ އިސާލްމިކް ބޭންކަށް . ފައިސާ ޖަމާކުރަން ދިޔަ މީހާގެ މޫނަށް “މޫވް” ސްޕްރޭ ޖަހައި ދެ މީހަކު ފައިސާ ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. މިއަދު 11:45 އެހާކަށްހާއިރު ފުލުހަށް މި މައްސަލަ ހުށަހަޅާފައިވާއިރު ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ

މިިދިޔަ އަހަރު ވެސް މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ވެހިކަލަށް އަރުވަނިކޮށް ވަނީ ފޭރިގެންފަ އެވެ.