English Edition
Dhivehi Edition

ސްވައިން ފްލޫ ރޯގާގައި، އިންޑިއާގެ ހުޅަނގުގެ ރާޖަސްތާން ސްޓޭޓުން 40 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ

މިދިޔަ އަހަރު މި ބަލީގައި އިންޑިއާ އިން 1،100 މީހުން މަރުވެފައިވާއިރު 15،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި .ބަލިޖެހިފައިވެ އެވެ. މިއަހަރުގެ މިހާތަނަށް ރާޖަސްތާން ސްޓޭޓުން މި ބައްޔަށް ހާހަކަށްވުރެ ގިނަ މީހުން ޕޮޒިޓްވެފައިވާއިރު ބަލި އެންމެ ހަލުވިކޮށް ފެތުރެމުންދާ ޖޮދްޕޫރު ޑިސްޓްރިކްޓުން އެކަނިވެސްވަނީ 16 މީހުން މަރުވެފައެވެ. އަދި އެ ޑިސްޓްރިކްޓުން 225 މީހުންވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައެވެ.

ޖަނަވަރީ 13 އާއި ހަމައަށް ދިއްލީއިން ސްވައިން ފްލޫ 168 މީހުންނަށް ސްވައިންފްލޫ ޖެހިފައިވާއިރު މިި ބަލީގައި ދެމީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ