English Edition
Dhivehi Edition

 

ޒީޓީވީން ދައްކާ ކޮމެޑީ ސިލްސިލާ “ބާބީޖީ ގަރްޕަރް ހޭ” ގެ ބަތަލާ ސޯމިއާ ޓަންޑަން(އަނީތާ ބާބީ) ފިރިހެން ކުއްޖަކު ވިހައިފަ އެވެ

ސޯމިއާ ބަލިވެއިންކަން މިދިޔަ ނޮވެމްބަރު މަހު މީޑިއާގައި ހިއްސާކޮށްފައިވާއިރު އޭނާ ވިހާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ސޯމިއާ މާބަނޑު ދުވަސްވަރުގެ އެކިއެކި ފޮޓޯތަކާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާއިރު މިހާރު ބެލުންތެރިން އިންތިޒާރުކުރަމުންދަނީ އޭނާގެ ދަރިފުޅުގެ ފޮޓޯ މީޑިއާގައި ހިއްސާކުރާނެ ވަގުތަކަށެވެ.

.މީގެ ކުރިން ސޯމިއާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދަރިއަކު ލިބުނު ނަމަވެސް ފިލްމީ މަސައްކަތް ހުއްޓާނުލާނެކަމަށެވެ، އެހެންކަމުން ދަރިއަކު ލިބުމުގެ ހެޔޮދުއާ އާއި އެކު ގިނަ ބަޔަކުވަނީ ސޯމިއާގެ އެބުރި އައުމަށް އިންތިޒާރުކުރާކަމަށްވެސް ބުނެފައެވެ. 2016 ވަނަ އަހަރު ޑިސެމްބަރު މަހު ކައިވެނިކުރި ސޯމިއާ ކުޅެފައިވާ ފިލްމުތަކާއި ސިލްސިލާތަކުގެ ތެރޭގައި “ޖަބް ވީ މެޓް” އާއި “އެއިސާ ދޭސް ހެ މޭރާ” އާއި “މޭރީ އާވާޒް ކޯ މިލްގައީ ރޯޝްނީ”ހިމެނެއެވެ