English Edition
Dhivehi Edition

ދުނިޔޭގެ 137 މިލިޔަނެއްހާ މީހުން ފިލްމާއި ސީރީސް ބަލާ ވެބްސައިޓު ނެޓްފްލިކްސް ގެ އަގުތަކަށް ބަދަލުތައް ގެންނަން އެ ވެބްސައިޓުން ނިންމައިފިއެވެ. މިގޮތުން ނެޓްފްލިކްސްއިން ނިންމީ ސަބްސްކްރިޕްޝަންގެ އަގުތައް އެމެރިކާގައި ބޮޑު ކުރާށެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން ފިލްމު ބަލާ މި ވެބްސައިޓުގެ އަގުތަކަށް ބަދަލު ގެންނައިރު އަދި އަގު ބޮޑު ކޮށްފައިވަނީ ވެސް ހަމަ އެކަނި ޔޫއެސްގައެވެ. މިގޮތުން އަލަށް ނިންމުނު ޕްލޭންގައިވާ ގޮތުން، އެއް ޑޮލަރާއި ދެ ޑޮލަރު ސަބްސްކްރިޕްޝަން ތަކުން ބޮޑު ކުރާނެއެވެ. މީގެ ސަބަބުން ނެޓްފްލިކްސްގެ 11 ޑޮލަރުގެ ޕްލޭނެއް 13 ޑޮލަރަށް ބަދަލުވާނެއެވެ. އަދި އަށް ޑޮލަރުގެ ޕްލޭނެއް ނުވަ ޑޮލަރަށް އަދި 14 ޑޮލަރުގެ ޕްލޭނެއް 16 ޑޮލަރަށް ބަދަލުވާނެއެވެ.

މި ވެބްސައިޓުން އަލަށް އެކައުންޓެއް ހުޅުވާ ފަރާތްތަކަށް ފެންނާނީ އަލަށް ކަނޑައެޅުނު އަގުތަކެވެ.ނެޓްފްލިކްސްގެ އަގުތަކަށް ބަދަލު ގެންނަން ނިންމީ، ކޮންޓެންޓް އިތުރު ކުރުމަށެވެ. މީގެ ސަބަބުން ނެޓްފްލިކްސްގެ ފިލްމުތަކާއި ސީރީޒްތައް އިތުރު ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން، ޔޫއެސް އިން 58 މިލިއަން އެކައުންޓުތަކުން ނެޓްފްލިކްސް ބޭނުން ކުރެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 137 މިލިއަން މީހުން މި ވެބްސައިޓް ބޭނުންކުރާއިރު އެ ކުންފުނިން ލަފާކުރަނީ މި އަދަދު 147 މިލިޔަނަށް އަރާނެ ކަމަށެވެ.