English Edition
Dhivehi Edition

މިހާރު ދިވެހިންގެ ތެރޭގައިވެސް ފަހުގެ ފިލްމުތަކާއި ސީރީޒްތައް ބެލުމަށް އާންމު ގޮތެއްގައި ބޭނުންކުރާ އެއް އެޕްލިކޭޝަނަކީ ނެޓް ފްލިކްސްއެވެ. މިހާރު ނެޓްފްލިކްސް ބޭނުން ކުރާއިރު އެއަށް އެންމެ މީހަކު ފައިސާ ދައްކައިގެން ގިނަ ބަޔަކަށް އެމީހާގެ ލޮގިން އިން ނެޓްފްލިކްސް ބެލުމުގެ ފުރުސަތު ލިބިގެންދެއެވެ. އިތުރު ތިން ފަރާތާއި ޕާސްވޯޑް ހިއްސާކޮށް ޖުމްލަ ހަތަރު ފަރާތަކަށް އެއް ޔޫޒާރ ނޭމެއްގެ ދަށުން ނެޓް ފްލިކްސް ބަލާލެމުނު ނަމަވެސް މިހާރު މިއޮތީ އެ ފަދަ ފަރާތްތަކަށް އޮތް ހިތާމަވެރި ހަބަރެކެވެ.

ނެޓް ފްލިކްސްގެ ޗީފް ޕްރޮޑެކްޓް އޮފިސާރ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެެއްގައި ބުނީއެއް ލޮގިން އެއްގައި ގިނަ ބަޔަކު ނެޓްފްލިކްސް ބަލަމުންދިއުމުގެ ސަބަބުން އެ ކުންފުންޏަށް ލިބެންޖެހޭ ހަގީގީ ފައިދާ އާއި މަންފާ ލިބެމުން ނުދާކަމަށެވެ. އެހެންކަމުން ވަރަށް އަވަސް މުސްތަގުބަލެއްގައި މި ކަންތައްތައް ބަލައި އެންމެ މީހަކު ފައިސާ ދެއްކުމަށް ފަހުގައި އެހެން ފަރާތްތަކަށް ހިލޭ ނެޓްފްލިކްސް ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށް ވިސްނަމުންދާކަމަށެވެ.އަދި ނެޓްފްލިކްސްގެ ޔޫޒާރ ނޭމް އާއި ޕާސްވޯޑް އެހެން ފަރާތްތަކާއި ހިއްސާކުރާ އެކައުންޓްތަކުގެ މައުލޫމާތު ބަލާ އެ ފަދަ ފަރާތްތަށް ނެޓްފްލިކްސް އިން ބްލޮކް ކުރާނެ ކަމުގައި އޮފިސަރ ވަނީ ބުނެފައެވެ.

އެ ކުންފުނިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 137 މިލިއަން މީހުން ނެޓްފްލިކްސް ބޭނުން ކުރަމުން އަންނައިރު، އޭގެ ތެރެއިން 35% މީހުންނަކީ އެމީހުންގެ ނެޓްފްލިކްސް ޕާސްވޯޑް އެހެން މީހުންނާއި ހިއްސާކޮށްފައިވާ މީހުންނެވެ.