English Edition
Dhivehi Edition

ދުނިޔޭގެ އެތައް މިލިޔަން ބައެއް ބަލާ އިނގިރޭސި ސިލްސިލާ އެއް ކަމަށްވާ “ގޭމް އޮފް ތްރޯންސް” ގެ 8 ވަނަ ބައި އަދި ފަހު ބައި މިއަހަރުގެ އޭޕްރީލް 14 ގައި ރިލީޒްކުރާނެކަމަށް އިއުލާންކޮށްފިއެވެ.މިގޮތުން ފަހު ސީޒަންގައި 6 އެޕިސޯޑު ގެނެސްދޭއިރު ފުރަތަމަ އެޕިސޯޑު ގެނެސްދޭން ހަމަޖެހިފައިވަނީ 14 އެޕްރީލްގައެވެ.

ފުރަތަމަ އެޕިސޯޑު ‘ޓްރޫ ޑިޓެކްޓިވް’ ގެ ޓްރެއިލާ މިހާރު ދައްކާލާފައިވާއިރު އެޕިސޯޑް ފެށިގެންދާނީ މިހާރު ވިންޓާފޯލްގެ އިންޗާޖަކަށް ހުރި ސަންސާ ސްޓާކް އާއި ޖޮން އާއި ޑިނައިރަސް ގެ ސީރިއަސް ބައްދަލުވުމަކުންނެވެ.މި ސިލްސިލާގެ ފުރަތަމަ ހަތް ސީޒަނުގައި ވަނީ ޖުމްލަ 67 އެޕިސޯޑް ދައްކައިފައެވެ.

ހެޗްބީއޯއިން ހާމަކުރާ ގޮތުގައި “ގޭމް އޮގް ތްރޯންސް” ގައި ގެނެސް ދިން ހާދިސާތަކުގެ 1،000 ވަރަކަށް އަހަރު ކުރިން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ގޮތަށް ޕްރިކްއެލްއެއްވެސް ގެނެސްދޭން ވަނީ ނިންމާފައެވެ.

ދެހާސް އެގާރަވަނަ އަހަރު ގެނެސްދޭންފެށި މި ސިލްސިލާ ވެފައި ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު އަދި އެންމެ ގިނަ ބަޔަކު ބަލާ ސިލްސިލާއަށެވެ.