ގިނައަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެެއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އިއްޔެ ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ ފިރިހެނުންކަމަށެވެ. އަދި މިދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވަނީ ޖަނަވަރީ 12 ވަނަ ދުވަހުގެ 08:53 ހާއިރު ރާއްޖެއައި ތަނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މިމީހާގެ ލަގެޖް ކަސްޓަމުން ސްކޭންކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ޕެކެޓު ފެނިފައިވާ ކަމަށެވެ.
އަދި އަދި މިމައްސަލައިގައި 21 އަހަރުގެ އިތުރު ބިދޭސީއަަކު ޝާމިލްވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި ވަނީ އޭނަ އަތުލައިގެންފައެވެ.
ފުލުހުން ވިދާޅުވީ އޭނާ އަތުލައިގެންފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ 15:05 ހާއިރުކަމަށެވެ. އަދި އެމީހާ ދިރިއުޅޭ ގޭގެ ވެރިފަރާތުގެ ހުއްދަ އާއި އެކު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްްހުރި 26 ރަބަރު ޕެކެޓު އެމީީހާ ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލާގެ ހިމެނޭ ދެ މީހުންގެވެސް ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.