English Edition
Dhivehi Edition

ޓާރމެރިކް ނުވަތަ ރީނދޫ އަކީ ގޯލްޑެން ސްޕައިސް އެއްގެ ގޮތުގައި ކެއްކުމުގައި ބޭނުން ކުރަމުން އަންނަ ސްޕައިސް އެކެވެ. ކެއްކުމުގައި ބޭނުން ކުރެވޭ ހަވާދުގެ ބާވަތެއްގެ އިތުރުން ރީނދުލަކީ މީގެ އެތައްގަރުނެއް ކުރިން ފެށިގެން އަދިވެސް އިންޑިއާގައި ހާބަލް މެޑިސިންއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ރީނދުލަކީ އެންޓި އިންފްލެމެންޓަރީ، އެންޓި ފަންގަލް އަދި އެންޓި ބެކްޓީރިއަލް މާއްދާތައް ހިމެނޭ އެއްޗެކެވެ.

މިހާރު ހާބަލް މެޑިސިންގ އެއްގެ ގޮތުގައި ރީނދޫ ބޭނުން ކުރަމުން އަންނަ ފަރާތް ތަކުން ބުނަމުންދަނީ ރީނދުލާއެކު ޕެޕާ ނުވަތަ އަސޭމިރުސް ބޭނުން ކޮށްލުމުން މިދެބާވަތުން ލިބިދޭ ފައިދާތައް އެއްވުމުން އެތައް ގިނަގުނަ ބަލިތަކަށް ޝިފާލިބިގެން ދެއެވެ.

އެގޮތުން މިދެބާވަތް އެއްކޮށްބޭނުން ކުރުމުން ހަމުގެބަލި، ފަލަބަލި،ރިހުން، އާތްރައިޓިސް، ކެންސަރ، ކޮލެސްޓްރޯލް، ހަކުރުބަލި، ފާރު، ލިވާގެ ބަލިތައް، ހަޖަމްގެ ނިޒާމްގެ ބަލިތައް އަދި ވިސްނުންތޫނު ކޮށްދޭކަމަށް ހާބަލް މެޑިސިން ތައްޔާރު ކުރާ މާހިރުން ބުނެއެވެ.

ރީނދުލަކީ އޭގައި ޖާދޫ އެކުލެވިގެންވާ ސްޕައިސްއެކެވެ. އެގޮތުން އިންފެކްޝަންތަކަށް އަދި ފާރުހިއްކުމުގައި ރީނދޫ ބޮޑުރޯލެއް އަދާކުރެއެވެ. އަދި ޕެޕާ އަކީވެސް އޭގައި އެންޓިއޮކްސިޑެންޓް ބައިތަކެއް ހިމެނޭއެއްޗެކެވެ. އޭގައި އެކުލެވޭ އެންޓިބެކްޓީރިއަލް މާއްދާތަކުން ހާއްސަކޮށް ބޮޑުގޮހޮރުގެ ބަލިތަކަށް ފަރުވާ ލިބެއެވެ. މީގެ އިތުރުން ހާބަލް މެޑިސިން އުފައްދަފަރާތް ތަކުން ބުނަނީ ރީނދޫ އަދި އަސޭމިރުސް ބޭނުން ކުރުމުން ސިކުނޑީގެ ބަލިތައްކަމަށްވާ، ޑިމެންޝިއާ، އަލްޒޭމާސް ފަދަ ބަލިތަކަށްވެސް ފަރުވާލިބެއެވެ.