English Edition
Dhivehi Edition

މިދިޔަ އަހަރު އަތޮޅުތެރެއިން ފުލުހުންނަށް އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ އައްޑޫ ސިޓީން ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލް ހިއްސާކުރުމަން މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވަނީ 14811 (ސާދަހާސް އަށްސަތޭކަ އެގާރަ) މައްސަލަ ކަމަށެވެ. އަދި އޭގެ ތެރެއިން މާލެ ފިޔަވައި އަތޮޅު ތަކުން 4460 ހުށަހަޅާފައިވާއިރު އައްޑޫސިޓީން އެކަނި 843 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު 87 މައްސަލަ އިތުރު އަދަދެކެވެ

2018 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ހުށަހެޅި މައްސަަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. މަސްތުވާތަކެއްޗާ ގުޅޭގޮތުން ހުށަހެޅި މައްސަލަތައް ފިޔަވައި އެހެން ހުރިހާ މައްސަލައެއް ޖުމްލަކޮށް މިދިޔަ އަހަރު ވަނީ މަދުވެފަ އެވެ.

އިޒްމިއާ ވިދާޅުވީ މިދިޔަ އަހަރު ފުލުހަށް ހުށަހެޅި މައްސަލަތައް، 2017 ވަނަ އަހަރާ ބަލާއިރު ނިސްބަތުން މަދުކަމަށެވެ. މިދިޔަ އަހަރު 14،626 މައްސަލަ ހުށަހެޅިއިރު އޭގެ ކުރީ އަހަރު އެ އަދަދު އުޅެނީ 15،535 ގަ އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވި ސީދާ ސަބަބަށް ޖަވާބެއް ދޭން އުނދަގޫ ކަމަށެވެ