ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމް ތަކުގައި ވަކިވަކި ފަރުދުންނަން އަމާޒުކޮށް ދެވޭ އިންޒާރުތަ ކުގެ މައްސަލަތައް ފުލުހުން ބަލަންފަށާފައި ވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިންޒާރުގެ މެސްޖްތަކާއި ނަފްރަތުގެ މެސެޖްތައް ދައުރުވަމުންދާތީ އެސަރވިސް ގެ ސަމާލުކަމަށް މިހާރު އެކަން ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ މިފަދަ މައްސަލަތައް އެސާރވިސް އިން ބަލަމުންގެންދާ މިދަނޑިވަޅުގައި ދެފަރާތުން ވެސް އިހްތިރާމާއި އެކު ވާހަކަދެއްކުމަށާއި ހާއްސަކޮށް ވަކިފަރުދުންނަށް އިންޒާރު ނުދިނުމަށެވެ.
ފުލުހުން ރޭ އިންޒާރުގެ މައްސަލަ ބަލަމުން ގެންދާ ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި ރޭޑިއޯސްޓޭޝަނެއް ހިންގަމުން އަންނަ އާނިޔާ ދާދިފަހުން ބުނެފައިވަނީނީ ކިންގް ސަލްމާން މިސްކިތު ގެ އިމާރަތަކީ ހުތުރު ތަނެއްކަމަށާއި އެ މިސްކިތުގެ އިމާރާތުން ވެލާނާ އެއާޕޯޓްގެ ރީތި މަންޒަރަށް ހުރަސް އަޅާކަމަށެވެ. އާނިޔާ މިހެން ބުނުމާއެކު އޭނައަށް ތަފާތު އެކި ފަރާތްތަކުން އިންޒާރު ދެމުނެ ގެންދިޔައެވެ.