English Edition
Dhivehi Edition

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި ދިވެހި ޓްރެވަލް ކުންފުނިތަކަށް ހިލޭ ބައިވެރިވެވޭ ގޮތަށް ހަމަޖައްސައި، ބައިވެރިވާން ހުޅުވާލައިފި އެވެ.

މި އަހަރު އެޕްރީލް މަހުގެ 20-22 އަށް ރާއްޖޭގައި ބާއްވާ ޓީޓީއެމް 2019 ގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު ޓީޓީއެމް އިންތިޒާމު ކުރާ މޯލްޑިވްސް ގޭޓްވޭސްއިން ބުނީ އެ ފެއާގައި ޓްރެވަލް ކުންފުނިތަކަށް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.

މި އަހަރު ވެސް 100 ފަރާތްތަކުން ބައިވެރިވާނެ ކަމަށާއި، ނިިދިޔަ އަހަރެކޭ އެއް ފަދައިން މި އަހަރުވެސް ޓޫރިސްޓު ގެސްޓްހައުސްތަކާއި ހޮޓާތައް އަދި އެއާލައިންތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިިން ވަނީ ބުނެފައެވެ.

މިއީ މި ފެއާ ރާއްޖޭގައި ބާއްވާ ތިންވަނަ އަހަރެވެ.