English Edition
Dhivehi Edition

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ފަސިންޖަރުންނަށް ލުއި ކާނާއެއް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންއިން ބުނެފައިވަނީ އެއަރލައިނުން ދަތުރު ކުރާ ފަސިންޖަރުންނަށް ލުއިކާނާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން އެކަމާއި ގުޅޭ ދިރާސާތައްވެސް ހަދަމުންދާ ކަމަށާއި އަދި އެފަދަ ހިދުމަތެއް އެންމެ ފުރިހަމައަށް ދެވޭނެ ގޮތަކާއި ދޭނެ ކާނާގެ ބާވަތްތައް ބަލަމުންދާ ކަމަށް އެއާލައިނުން ބުނެއެވެ.

މޯލްޑިވިއަންއިން މީގެ ކުރިން އެެތެރޭގެ އުދުހުންތަކުގައި ދެމުންގެންދިޔައީ ހަމައެކަނި ޖޫސް ފަދަ ބުއިމެވެ. ނަމަވެސް ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ފްލައިޓް ތަކުގައި ލުއި ކާނާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ. އަދި މި ޚިދުމަތް ފެށިނަމަވެސް އަލަށް ތައާރަފް ކުރި އަގަށް ބަދަލެއް ނާންނާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ ދާދިފަހުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފައެވެ. މި އަގުތަކަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާއިރު މި ބަދަލާއެކު ރާޢްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރާ ދަތުރުތަކުގެ އަގުން 25 އިންސައްތައާއި 30 އިންސައްތަ އަގު ހެޔޮވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.

މޯލްޑިވިއަނުން ފަސިންޖަރުންނަށް ލުއިކާނާ ދޭން ފެށުމަށް ވާހަކަ ދައްކަމުން އަންނައިރު ފްލައިމީއިން ދަތުރުކުރާ ފަސިންޖަރުންނަށް އަބަދުވެސް މި ޚިދުމަތް ދެމުންއަންނަކަން ފާހަގަކޮށްލެވެއެވެ.

1 ކޮމެންޓް
Mohamed Ahmed
ޖެނުއަރީ 5, 2019
Air taxi schedule Dathuru ge aguheve nuvey, ,Aharumen nakee air taxi ga Dathuru kuraa hisaabuga oi rashege baye 1275 ahrumen dathuru kuran jeheni, aguheve nuviyen