English Edition
Dhivehi Edition

އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރ 31ވަނަ ދުވަހުގެ 17:40 ހާއިރު ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، އައްޑޫ ސިޓީ ލިންކް ރޯޑު ސަރަޙައްދުން މިމީހާ ސައިކަލުގައި މޮބައިލްފޯނު ބޭނުން ކުރަމުންދާތީ އޭނާ ހުއްޓުވި ވަގުތު ޖީބުން ވައްޓައިލި އެއްޗެއް ނަގައި ބަލައިފާސްކުރިކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓު ފެނިފައިވާތީ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މިމައްސަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.