English Edition
Dhivehi Edition

ޒައިތޫނި ތެލަކީ ރިސޯޓް، ރެސްޓޯރެންޓް ފަދަ ތަންތަނުގެ ބަދިގެ ތެރޭގައި އެންމެ މަޤުބޫލު އެކައްޗެވެ. ދިވެހިންގެ މެދުގައި ޒައިތޫނި ތެލަކީ ކެއްކުމަށް ވުރެން ބޮޑަށް ގައިގައި ލުމަށް، މަސާޖް ކުރުމަށް ނުވަތަ ބޭސްވެރިކަމަށް ބޭނުންކުރާ ތެލެކެވެ. ނަމަވެސް މިހާރު ދިވެހި ބަދިގެ ތަކުންވެސް ޒައިތޫނި ތެޔޮ ވަނީ ޖާގަ ހޯދާފައެވެ.

ޒައިތޫނި ތެލުގައި ހުންނަ ވިޓަމިން އީ އާއި ބޭނުންތެރި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ލޭގެ ޕްރެޝަރު ހެޔޮވަރެއްގައި ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ ގޮތުން ހާރޓް އެޓޭކް ޖެހުމުން ދުރުހެލިކޮށްދީ، ކެންސަރު ޖެހުމާއި އަވަހަށް މުސްކުޅިވުމުން ދުރުކޮށްދެ އެވެ. ޒައިތޫނި ތެލުގެ ބޭނުންތައް މިވަރުން އަދި ނިމުނީކަމަށް ހީކުރެވޭނަމަ، އަދި ތިޔަ ވިސްނެނީ ރަނގަޅަކަށް ނޫނެވެ.

ޒައިތޫނި ތެލުން ހިފޭ 10 ބޭނުމެއްގެ މައްޗަށް ކުރުގޮތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

1. ބާރަށް ގުގުރިދެމުން ހުއްޓުވުމަށް: ނިދަން އޮށޯތުމުގެ ކުރިން ދެ ސަމުސާ ޒައިތޫނި ތެޔޮ ބޯށެވެ

. 2-ސްޓްރެޗް މާރކް ފިލުވުމަށް: ސްޓްރެޗް މާރކްސް ލާފައި ހުރި ހިސާބުގައި ޒައިތޫނި ތެލުން މަސާޖު ކުރާށެވެ.

3. އެކްނީ ނުވަތަ އޮށާޅަ އަށް ފަރުވާދިނުމަށް: 3 ސައިސަމުސާ ޒައިތޫނި ތެލާއި 4 ސައިސަމުސާ މޫދު ލޮނާއި އެއްކޮށްލާށެވެ. ތައްޔާރުކުރި ތެޔޮ މޫނުގައި އުނގުޅުމަށްފަހު 1 ނުވަތަ 2 މިނެޓް ވާންދެން ބަހައްޓާށެވެ. މި މިކްސްޗަރ ހޭކުމުން އޮށާޅައިގައި ހުންނަ ހޮއެތައް ސާފުކޮށް ބަހައްޓައި ހަންގަނޑު ތެޔޮކޮށް ބަހައްޓައިދޭނެ އެވެ. ސައިބޯނި ލައިގެން ހޫނުފެނުން މޫނު ދޮވެލާށެވެ.

4. ކަންފަތުގައި ރިއްސުން ރަނގަޅުކުރުމަށް: ޒައިތޫނި ތެޔޮފޮދެއް ސަމުސަލެއްގައި ހޫނުކޮށް، ތާފެނާ ކޮށް ތެޔޮފޮދު ބަހައްޓައި ކަންފަތު ތެރެއަށް ތެޔޮ ތިއްކެއް ޖަހާށެވެ.

5. ގޮހޮރުގެ ފާރު ހިއްކުމަށާއި ތަދު ކެނޑުވުމަށް: 1 ސައިސަމުސާ ޒައިތޫނި ތެލައި 3/4 ތަށީގެ ސިޓްރަސް ޖޫސް (ލުނބޯހުތް) ނުވަތަ ރާހުތާއި އެއްކޮށްގެން ބޯށެވެ.

6. ތުނބުޅި ބާލަން ހާކާ ކްރީމެއްގެ ބަދަލުގައި ވެސް ޒައިތޫނި ތެޔޮ ބޭނުންކުރެވިދާނެ އެވެ.

7. އަތުގެ ނިޔަފަތިތައް ވަރުގަދަ ކުރުމަށް: ތަށްޓަކަށް ޒައިތޫނި ތެޔޮ އެޅުމަށްފަހު އަތުގެ ނިޔަފަތިތައް ތެލުގެ ތެރެއަށް ލައިގެން ކޮންމެ ދުވަހަކުވެސް 10 ވަރަކަށް މިނެޓް އިންނާށެވެ.

8. ހަންގަނޑަށް ފަރުވާ ދިނުމަށް: އަތުގެ ހިކި ހަންގަނޑަށް ފަރުވާ ދިނުމަށް، އުޅަނބޮށްޓާއި ކަކުލުގެ ކޮޅުގެ ހަންގަނޑަށް ފަރުވާ ދިނުމަށްޓަކައި ދެތިން ހަތަރު ސައިސަމުސާ ޒައިތޫނު ތެޔޮ މަޑު ގިނީގައި ހޫނުކޮށް ތާފަނާކޮށް ހުއްޓާ އުނގުޅާށެވެ. 9

. އަރިދަފުސް ރޯގާއަށް ފަރުވާ ދިނުމަށް: 1/3 ޖޯޑު ޒައިތޫނި ތެލާއި، 1/3 ތިލެލާއި، 4 ބޮކަރު ތިއްކާއި، 2 ތިކި ރޯސްމެރީ ތެލާއި އެއްކޮށްގެން ހޫނުކޮށްލުމަށްފަހު ތާފަނާކޮށް ބަހައްޓައި މެޔާއި ބުރަކަށީގައި މަސާޖް ކުރާށެވެ. 10. ބޮލުން ހަންފޮޅުމަށް ފަރުވާ ދިނުމަށް: ރޭގަނޑު ނިދުމުގެ ކުރިން ބޮލުގެ ހަންގަނޑުގައި ޒައިތޫނި ތެލުން މަސާޖްކޮށްފައި ބަހައްޓާށެވެ. އާދައިގެ ޝޭމްޕޫއަކުން އަނެއް ދުވަހު ހެނދުނު ބޯ ދޮންނާށެވެ. ހަފުތާއެއް ވާންދެން މިހެން ހަދާށެވެ..