English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ކަރަންޓާ ގުޅިގެން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މަޝްވަރާކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ސްޓެލްކޯގައި ބޭއްވި މި ބައްދަލަވުމުގައި ވަނީކަރަންޓު ޝޯޓު ވުމާއި ކަރަންޓާ ގުޅިގެން ހިނގާ އަލިފާނުގެ ހާދިސާތަކާއި އެފަދަ ހާދިސާތައް މަދުކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މިއަދު ބޭއްވި މި ބައްދަލަވުމުގައި އެމްއެންޑީއެފް އެފްއާރުއެސް ގެ ފަރާތުންއެފްއާރުއެސްގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ ޒުހުރީ ބައިވެރި ވެލެއްވިއެވެ. އަދި ސްޓެލްކޯގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެލެއްވީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އިބްރާހީމް ނާޝިދެވެ.

ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރިކުރުމަށް އެމްއެންޑީއެފް އެފްއާރުއެސް އިން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ހަމަ ޖެހިފައި ވާކަމަށް އެފްއާރުއެސް އިން ވަނީނިންމާފައެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށް ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު ފުޅާ ދާއިރައެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން މަައުލޫމާތު ދެއްވައެވެ.

އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން އާންމުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިމަގުގައި ހިންގުމަށް ރޭ ވިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމަތު ދެއްވައެވެ.