English Edition
Dhivehi Edition

ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަމަށާއި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށް މަޝްހޫރު ތަރި ޓައިގާ ޝްރޮފް ބުނެފިއެވެ

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓައިގާ ޝްރޮފް އަށް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބުނު ހަބަރު މީޑިއާތަކުން ގެނެސްފައިވާއިރު، އޭރުގެ ހަބަރުތައް ބުނާގޮތުން ޓައިގާއަށް ހޮލީވުޑް އިން ފުރުސަތު ހޯދައިދިނީ “މޯޓެލް ކޮމްބެޓް” ސީރީޒްގެ ފިލްމުތައް ގެނެސް ދިން ލޯރެންސް ކެސެނޯފްއެވެ

މި ފިލްމާއި ބެހޭގޮތުން މާ ބޮޑު މައުލޫމާތެއް މީޑިއާގައި ހިއްސާކޮށްފައިނުވާއިރު ގިނަ ބަޔަކު ބުނަމުންދަނީ މި ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާ އެކްޝަން ފިލްމެއް ކަމަށެވެ. މި ފިލްމާއި ބެހޭ ގޮތުން ޓައިގާ ޝްރޮފް އާއި ލޯރެންސް ކެސެނޯ މުމްބާއީގައި މަޝްވަރާކޮށްފައިވާއިރު ދެން އެންމެ އަވަހަށް ޓައިގާ ޝްރޮފް ފެނިގެންދަނީ ކަރަން ޖޯހަރްގެ “ސްޓޫޑަންޓް އޮފް ދި އިޔާ 2″އިންނެވެ