ބޮލީވުޑްގެ އެންމެ ގުޅޭ އެއް ޖޯޑުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ރުޅިވެއްޖެއެވެ.
ޓައިގާ އާއި ދިޝާ ރުޅިވިކަމުގެ ހަބަރުތައް ފެތުރެން ފެށީ ޓައިގާގެ އުފަން ދުވަހު “ބެސްޓް ފްރެންޑް”ގެ ނަމުގައި ދިޝާ އޭނާއަށް ވިިޝް ކުރުމުންނެވެ.
ބޭރުގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން މި ދެތަރިން ރުޅިވެފައިވަނީ މިއަހަރުގެ ކުރީ ކޮޅުގައެވެ. އެހެންނަމަވެސް މިކަން ޓައިގާގެ ގާތް ރަހްމަތްތެރިންނަށްވެސް އޮތީ ސިއްރެއްގެ ގޮތުގައި ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. 06 އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެކުގައި އުޅުމަށްފަހު މި ދެތަރިން ވަކިވެފައިވާއިރު، މިކަން ޓައިގާގެ އެކުވެރިންނަށް ވެސް އެގުނީ މިދިޔަ ހަފްތާގައި ކަމަށް އޭނާގެ ވަރަށް ގާތް ފަރާތަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
އަބަދުވެސް ވަރަށް ލޯބިން އުޅެމުން ދިޔަ މި ދެތަރިން ރުޅިވި ސަބަބެއް އަދި ހާމަކޮށްފައި ނުވާއިރު މިކަމާއި ގުޅިގެން ޓައިގާ އާއި ދިޝާވެސް އެއްވެސް ވާހަކައެއް މީޑީއާގައި ހިއްސާކޮށްފައެއް ނުވެއެވެ.