English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ކ. ބޮލިފުށީ އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ގިރިއަށް އެރި ދޯނި އެމްއެންޑީއެފުން ފުންކޮށްފިއެވެ.

އެމްޑީއެފް އިން ބުނީ، މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ 9:40 ހާއިރުއެވެ.

ހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ “އަޒުމް 2” ނަމަކަށް ކިޔާ 50 ފޫޓްގެ މި ދޯނި ގިރިއަށް އެރި ހާދިސާގެމަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވިންގ ޓީމަކާއެކު، ހާދިސާ ހިނގި ސަރަޙައްދަށް ގޮސް، ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކ.ބޮލިފުށީ އައިލެންޑް ރިސޯޓުގެ މުވައްޒަފުން ރޭގަނޑު މަސްވެރިކަން ކުރަން ކ.މަނިޔަފުއްޓަށް ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގިތާ ގިނަ ވަގުތުތަކެއް ނުވެ، އެ ދޯނީގައި ތިބި މީހުން ބޮލިފުއްޓަށް ވަނީ ގެންގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނީ މިދޯނި ފުންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 1:40 ހާއިރުއެވެ.