English Edition
Dhivehi Edition
މީދޫ އީދިގަމޫލު ޕާކުގައި ކުޑަކުދިންތަކެއް : ފޮޓޯ އޭއޯ ނިއުސް

އައްޑޫސިޓީގެ ހިތަދޫގައި ޕަބްލިކް ޕާކެއްގެ ކުރެހުން ފަރުމާކުރުމާއި ޕާކު ބިނާކޮށްދޭނެ ފަރާތެއް ބޭނުން ވެގެން މޯލްޑިވްސް ޕެންޝަން އޮފީހުން އިއުލާންކޮށްފިއެވެ.

ޕެންޝަން އޮފީހުން މިއަދު އާންމު ކުރި އިއުލާނުގައި ބުނެފައިވަނީ އެ އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް ޕަބްލިކް ޕާރކެއްގެ ކުރެހުން ފަރުމާކުރުމާއި ޕާރކު ބިނާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޕެންޝަން އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ.

މިކަމަށް އެދޭ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަން ޖެހެނީ 7 ޖަނަވަރީ 2019 ވާ ހޯމަދުވަހު 10:00 ގައި ޗާނދަނީ މަގުގައި ހުންނަ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ) އަށެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮތީ 16 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 14:00 ގައި ހަމަ އެއިދާރާގައެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުމަށް ވެސް ޕެންޝަން އޮފީހުން ވަނީ އެދިލައްވަވާފައެވެ.