English Edition
Dhivehi Edition

އައްޑޫސިޓީގައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ތަޢާރަފްކުރުމާއިގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝުހާދުއާއި ސައުތު ޕޮލިސް ޑިވިޜަންގެ އެކްޓިންގ ޑިވިޜަން ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޒިޔާދު އަލީ ވަނީ އައްޑޫ ސިޓީ ގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި ބައްދަލުކުރައްވާފައެވެ. މިމަޝްވަރާ ބައްދަލުކުރެއްވުމުގައި، ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް އައްޑޫސިޓީގައި ތަޢާރަފްކޮށް މަސައްކަތްކުރާނެ ގޮތާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މިމަސައްކަތްކުރަން ފެށުމުން އާންމުންގެ ފަރާތުން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ކުށްތަކާއި އާންމުންގެ ޝަކުވާއަށް ހައްލު ހޯދިގެންދާނެ ގޮތުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން އާންމުންގެ ފަރާތުން ލިބޭ މަޢުލޫމާތުގެ އަލީގައި ތަންފީޒު ކުރަންޖެހޭ ބައެއްކަންކަމުގައި ސިޓީ ކައުންސިލްގެ ދައުރެއް ވާނަމަ އެކަމުގެ އެއްބާރުލުން ލިބޭނެ ގޮތަކީ ކޮބައިކަން ވަނީ އަޮޅުންފިލުވާފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި އޮންނަ ގުޅުން ދަމަހައްޓައި އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން މަސައްކަތްކުރެވޭނެފަދަ މާޙައުލެއް އައްޑޫ ސިޓީ ގައި ޤާއިމް ކުރުމަށްޓަކައި ވޯރކްޝޮޕެއް ރާވައި ހިންގުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައިވެއެވެ.

ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް މި ޑިސެމްބަރ 17ވަނަ ވަނަދުވަހު ތަޢާރަފް ކޮށް މިޚިދުމަތް މާލެ ހިމެނޭ ސަރަޙައްދުގައި މިހާރުވަނީ ފަށައިފައެވެ.