English Edition
Dhivehi Edition

އައު އަހަރާއި ދިމާކޮށް މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ހާއްޞަ މަސައްކަތްތަކެއް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާދަމާ ފަށާނެ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

މި ގޮތުން އައު އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުމުގެ ގޮތުން ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތައްތާރުވަމުންނެވެ.

މި މަސައްކަތްތަކުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓަކުންނާއި މޯލްޑިވްސް ކަސްޓަމްސް ބައިވެރިވާނެކަމަށާއި މި އޮޕަރޭޝަނުގައި ފާރަގެމަ ބޭނުންކޮށްގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި މާލެއާއި ކައިރި ރަށްރަށުގައި މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.