English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމަކީ ރައީސްގެ ވައުދެކެވެ.މިހާރު އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސުކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމުގެ މައުލޫމާތު ދިނުމަށާއި، އާންމުންގެ ހިޔާލު ހޯދުމަށް ބެލެނެވެރިންނާއި، އާންމުންނަށް ހުޅުވަލައިގެން ފޯރަމްއެއް ބާއްވަން ނިންމާފައިވާ ކަމަަށެވެ.

ހެނދުނުގެ ނާސްތާ މެނޫ:

ރޮށި، ބިސްގަނޑު، ކިރު

ރޮށި، ފަތު މަސްހުނި، ކިރު

ރޮށި، ކިރު، ތަރުކާރީ މަސްހުނި

ރޮށި، ކިރު، ބަރަބޯ މަސްހުނި

ރޮށި، ކިރު، ބަށި މަސްހުނި

ރޯލް، ބޭކަޑް ބީންސް، ކިރު

ކިރު، ބިސް، ސޭންޑްވިޗް

ކިރު، ޗީޒް ސޭންޑްވިޗް

ކިރު، ޕާން، ޕީނަޓް ބަޓަރ

2019 ވަނަ އަހަރު ހެނދުނުގެ ނާސްތާ ދޭ ސްކޫލްތައް:

މަޖީދިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލް

އިސްކަންދަރު ސްކޫލް

ހުރަވީ ސްކޫލް (ހުޅުމާލޭގައި އަލަށް ކިޔަވައިދޭން ފަށާ ސްކޫލް)

މުހްޔިއްދީން ސްކޫލް

– ޝަހީދު އަލީ ތަކުރުފާން ސްކޫލް (ހއ. ތަކަންދޫ)

މ. ނާލާފުށި ސްކޫލް

ވ. ފުލިދޫ ސްކޫލް

ތ. ބުރުނި ސްކޫލް

އއ. މާޅޮހު ސްކޫލް

ރ. ރަސްމާދޫ ސްކޫލް

ހދ. ނޭކުރެންދޫ ސްކޫލް

ލ. އަތޮޅު ސްކޫލް (މާބައިދޫ)

ނ. މާފަރު ސްކޫލް

ދ. އަތޮޅު މަދަރުސާ (މީދޫ)

ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. ތިނަދޫ)

ގއ. ދާންދޫ ސްކޫލް

ކ. އަތޮޅު ތައުލީމީ މަރުކަޒު (ތުލުސްދޫ)

ޅ. އަތޮޅު މަދަރުސާ (ކުރެންދޫ)

ޏ. އަތޮޅު ތައުލީމީ މަރުކަޒު

އދ. އަތޮޅު ސްކޫލް (މާމިގިލި)

ފ. އަތޮޅު ތައުލީމީ މަރުކަޒު (ނިލަންދޫ)

ށ. މިލަންދޫ ސްކޫލް

ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

ޝަރަފުއްދީން ސްކޫލް (ސ. ހިތަދޫ)

އަންނަ އަހަރު ނާސްތާ ފޯރުކޮށްދިނުމަށްޓަކައި، މިހާރު ހުރި ހާލަތުން ފެށުމަށްޓަކައި ރަށްރަށުގައި ކޭޓަރިންގ ދެއްވާ ފަރާތްތަކަށް ބީލަމުގެ އުޞޫލުން ހަވާލުކުރިނަމަވެސް މުސްތަޤްބަލުގައި ވިސްނާފައި ސްކޫލްތަކުގައި ކުދިންނަށް ބޭނުންވާ ޑައިނިންގ ރޫމާއި، ބަދިގެރަށްރަށުގައި ތަރައްޤީ ކުރުމަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.