English Edition
Dhivehi Edition

އެމްޓީވީ އިން ދައްކަމުންއަންނަ ރިއލިޓީ ޝޯވް “އޭސްއޮފް ސްޕޭސް” ގެ ބައިވެރިއެއް ކަމަށްވާ ދާނިޝް ޒެހެން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދާނިޝް މަރުވެފައިވަނީ މިއަދު ފަތިހު ކައިވެނި ޕާޓީއަކަށް ގޮސްފައި އެނބުރި ގެއަށް ދިޔަމަގުމަތީގައި އޭނަ ދުއްވާފައި ދިޔަކާރު އެކްސިޑެންޓް ވެގެންނެވެ.

އޭސްއޮފްސްޕޭސް ޝޯވް ހޯސްޓް ކުރާ ވިކާޝް ގުޕްތާ ބުނީ ދާނިޝް މަރުވި ހަބަރު ލިބުމާއެކު އޭނައަށް ލިބުނީ ފުންހިތާ މައެއްކަމަށެވެ. އަދި ގަބޫލުކުރަން ދަތި ނަމަވެސް ދެން ދާނިޝް އޭނަގެޝޯވް އިން ނުފެންނާނެތީ އެކަމާ އޭނަ ވަރަށް ދެރާވާކަމަށް ވެސް ބުންޏެވެ. “ދާނިޝް ޝޯވް އިން ވަކިވީ އެމަޖެންސީ ކަމެއް ދިމާވެގެން އެހެން ނަަމަވެސް ވަރަށް އަވަހަށް އޭނަ ޝޯވް އަށް އެނބުރި އަންނަ ގޮތަށް އޮތީ، ” ވިކާޝް ބުންޏެވެ.

އުމުރުން 21 އަހަރުގެ ދާނިޝް އަކީ އޭސް އޮފް ސްޕޭސްގެ ބައިވެރި އެއްގެ އިތުރުން ޔޫޓިއުބް ބްލޮގަރ އެކެވެ. ރިޕޯޓްތައް ބުނާގޮތުގައި ޝޯވްގެ ބައިވެރިންގެ އިތުރުން އިންޑިއާ އަދި އެހެން ގައުމުތަކުގެ ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދާނިޝް ކުއްލިގޮޮތަކަށް މަރުވުމުން އެކަމާ ގިނަބަޔަކު ތިބީ އަދިވެސް ބޮޑު ޝޮކެއްގައެވެ.