English Edition
Dhivehi Edition

ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޒަމާނުއްސުރެ ބޭރު ދުނިޔޭގައި އެތަނެއްގެ ރީތިކަމުގެ ވާހަކަ ދެކެވޭ ނޫ ކުލައިގެ މޫދެއް އޮވެފައި ގަސް ބޯ ފެހި ކުލައިން މަތިން ބަލާލުމުން ތަސްވީރު ކުރެހޭހާ ޗާލު ޤައުމެކެވެ.ނަމަވެސް ޒަމާނަށް މިއައި ބަދަލާއިއެކު މިއިން ބައެއް ކަންތައްތަކަށް މިވަނީ ބަދަލުތައް އަންނަން ފަށާފައެވެ.މިގޮތުން މިއަދު މުޅި ރާއްޖޭގެ ފެހިކުރުމަށް ހިންގާ “ރަށްފެހި” ޙަރަކާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ ރާއްޖޭގެ 50 ޕަސެންޓު ރަށުގައި ފެހިކަމެއް ނެތް ކަމަށެވެ.

މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ 100 ދުވަހު ކުރުމަށް ނިންމަވާފައިވާ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ މުޅި ރާއްޖެ ފެހިކުރުމުގެ މަޝްރޫއުއެވެ.މި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަ ކުރުމުގައި ގަސްތަކުގެ ދައުރު އަންގައިދިނުމާއި ގަސް އިންދައި ބެލެހެއްޓުމަށް ރައްޔިތުން އަހުލުވެރިކޮށް ޒިންމާދާކުރުވުމެވެ. އަދި ރާއްޖެއިން ނެތިގެންދާ ގަސްތައް ނެތެމުންދާ ނެތިދިއުން ހުއްޓުވުމާއި ރާއްޖޭގައި އަލަށް ފެންނަމުންދާ ގަސްތައް ފާހަގަކުރުން ވެސް މި ޙަރަކާތުގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ.

މިއަދު ފެއްޓެވި މި ޙަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްއާއި ސަރުކާރުގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ..