English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ހިޔާނުތެ މައްސަލާއި ގުޅިގެން މިއަދު 14:00 ހާއިރު އެމަނިކުފާނު ފުލުހަށް ހާޒިރުވާނީ ހިންގަވާފައި ކަމަށް ޕީޕީއެމުން ބުނި ނަމަވެސް އެމަނިކުފާނު ކާރު ކޮޅުގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގެންފިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ކާރެއްގައި ގޮސް ފުލުސް އޮފީސް ދޮރުމައްޗަށް ފައިބައިވަޑައިގަންނަވާގޮތަށް ނޫން ކަމުގައެވެ.

ނަމަވެސް ރައީސް ޔާމީން ފުލުސް އޮފީހަށް ހިނގަވާ ވަޑައިގެން ދެވިފައިނުވަނީ މިއަދު ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އެމަނިކުފާނާއި ދެކޮޅަށް ގިނައަދައްގެ ސަޕޯޓަރުންނާއި އެކު ޕީޕީއެމް އޮފީސް ކުރިމަތީގައި މުޒާހިރާ ކުރަން ފެށުމުން ސަލާމަތީ ސަބަބުތަކަށް ޓާކައެވެ.

މިއަދު ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާއިރު ހޯމް މިންސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، “ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމާ، ރައްޔިތުންގެ މާލިއްޔަތުން ނުހައްގަން ގެއްލިފައިވ މުއްސަނދިކަން އަނބުރާ ހޯދުމަކީ ބޮޑު އަމާޒެއް” ކަމަށެވެ.

ކުރީގެ ރައީސް ޔާމީން ފުލުހަށް މިއަދު 14:00 ގައި ފުލުހަށް ހާޒިރު ކުރާއިރު، އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ވެސް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ އިސްލާމިކް ބޭންކަށް އެއް މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައިގައެވެ