English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް ލައިފް

ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ފްރާންސްގެ ރައްޔިތަކު ހޯދުމުގެ މަސައްކަތް ފުލުހުން ގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންވިދާޅުވީ މިމައްސަލާގައި ހޯދަމުންދަނީ، ފްރާންސްގެ ރައްޔިތެއް ކަމުގައިވާ ޖީން މަނޮން މޯޓެޓްއެވެ.

ވީމާ ޖީން މަނޮންމޯޓެޓް އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް އެންމެހައި ރައްޔިތުްނަށްފުލުހުން ޝުކުރު ދަންނަވައެވެ.