English Edition
Dhivehi Edition

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ ބިލް ރައްޔިތުންގެ މަޖްލީހަށް މިއަދު ހުށަހަޅައިފިއެވެ.

ދަނޑުވެރިކަމަށް އެތެރެކުރާތަކެތި ނުވަތަ ގެނެވޭތަކެތިން ޑިއުޓީ ކަނޑާލުމުގެ ބިލް މަޖްލީހަށް ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ބިލް ސަރުކާރަށް ހުށަހަޅަމުން ޝަރީފް ވިދާޅުވީ، ބިލްހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދަނޑުވެރިކަން ފުޅާކުރެވޭނެ މަގު ތަނަވަސްކޮށް އިގްތިސާދު ފުޅާކޮށް ދިނުމުގެ ބޭނުމުގައެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ދަނޑުވެރިކަމަކީ އަޅުގަނޑުމެން އާމްދަނީ ހޯދުމަށް ކުރަމުންދާ އެންމެ ބޮޑު އެއްވިޔަފާރި އަށް ވުމުގެ އިތުރުން ޓޫރިޒަމް އަށް ވެސް ފައިދާހުރި ކަމެއްކަމަށެވެ.

މިއަދު ހުށަހެޅި މި ބިލްގައި ވާގޮތުން،ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެއްޗާއި ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް އަދި އެކްސްޕޯޓް ކުރުމަށް ފުރިހަމަ ކުރަން ބައިތަށް ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ތަކެތިން އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެހިގެންދާނެއެވެ.

މިބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ ރައީސް ތަސްދީގުކުރުމަށްފަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.