English Edition
Dhivehi Edition

އެމެރިކާގެ ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.އެމެރިކާގެ ކުރީގެ މެރިންކޯޕްސް ޖެނެރަލެއް ކަމަށްވާ ޖޯން ކެލީ އާއި ރައީސް ޑޮނަލްޑް ޓްރަމްޕާއި މަައްސަލަތަކެއް ޖެހިގެންއުޅޭތާ ދުވަސްކޮޅެއް ވެފައިވާއިރު ޓްރަމްޕް ވިދާޅުވީ މި އަހަރުގެ ފަހުކޮޅު ކެލީ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމަޕް ވިދާޅުވީ ކެލީ އަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި ކެލީގެ ބަދަލަށް ގެންނަ މީހެއް ކުރިޔަށް އޮތް ދެތިންދުވަހުގެ ތެރޭގައި އެނގިގެން ދާނޭކަމުގައެވެ.”އޭނަ(ކެލީ) އަހަންނާއެކު ގާތްގަނޑަކަށް 2 އަހަރުވަންދެން މަސައްކަތްކޮށްފި އަދި ދެ މަގާމެއް އަދާކުރި” ޑޮނަލްޑް ޓްރަމްޕް “އަދި އަހަރެން އޭނަގެ މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ”ޓްރަމްޕް ވިދާޅުވިއެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސަކަށް އިންތިހާބުވިފަހުން ވައިޓްހައުސްއިން ވަނީ 28 މީހުން ވަޒީފާއިން ވަކިކޮށް އަދި ބައެއް މީހުންވަނީ ވަޒީފާއިން ވަކިވެފައެވެ.