English Edition
Dhivehi Edition

ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީއަކަށް ހުންނެވި އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިއަދު ހެނދުނު 10:15 ހާއިރު މިނިވަންކޮށްފިއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމުމާއި އެއްގޮތަށް ކަރެކްޝަނުން ނިންމި ނިންމުމެކެވެ.

މިގޮތުން ރައީސް އޮފީހުން ބުނެފައި ވަނީ ހޯރަ އިއްބެގެ ހުކުމް ލުއިކޮށްދީފައިވަނީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުގެ ނިންމެވުމަށް ރިއާޔަތް ކުރައްވާ ކަމަށެވެ. ކްލެމެންސީ ބޯޑުން ނިންމަވާފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށް ހޯރަ އިއްބެ ގޭ ބަންދަށް ބަދަލު ކުރުމަށް ކަމަށްވީ ނަމަވެސް އޭރުގެ ސަރުކާރުން އެ ނިންމެވުމަށް އަމަލުކޮށްފައި ނުވާކަމަށް ހޫދު ވިދާޅުވި އެވެ.

ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު އެވެ. މިއީ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދެވުނު ފުރަތަމަ މައާފެވެ.

ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.