English Edition
Dhivehi Edition

އަވައްޓެރި އިންޑިޔާގެ އަންދްރަ ޕްރަދޭޝްއަށް އުފަން 104 އަހަރުގެ މަސްތަނަށްމާއަކީ ޔޫޓުޔުބްގައި ކެއްކުމުގެ ދާއިރާގައި ވަރަށް ކުރިއަރާފައިވާ މަޝްހޫރު ކައްކާއެކެވެ. ޔޫޓުޔުބަކީ އެކި އުމުރުފުރާތަކުގެ މީހުން ބޭނުންކުރާ އެއްޗަކަށްވެފައިވާއިރު މަސްތަނަށްމާ ވެފައިވަނީ މިހާތަނަށް ދުނިޔޭގައި ހުރި އެންމެ އުމުރުން ދޮށީ ޔޫޓުޔުބް ބްލޮގާއަށެވެ.

މިއަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު ދުނިޔެ ދޫކޮށްފައިވިޔަސް މަސްތަނަށްމާގެ އެތައް ސަތޭކަ ޔޫޓުޔުބް ވީޑިޔޯއެއް ޔޫޓިޔުބުގައި އެބަހުއްޓެވެ.ކެއްކުމުގެ ދާއިރާގައި މަސްތަނަށްމާ ހޯދާފައިވާ ކުރިއެރުމުގެ ސަބަބުން މުޅި ގައުމު ފަހުރުވެފައިވާއިރު މަސްތަނަށްމާއަކީ ދުނިޔޭގައިވެސް މަޝްހޫރު މީހަކަށް ވަނީ ވެފައެވެ. މީގެ އެއް ހެއްކަކަށް ވާނީ އޭނާގެ ޔޫޓުޔުބް ޗެނަލް “ކަންޓްރީ ފުޑް” ފޮލޯކުރާ އެއް މިލިޔަނަށްވުރެގިނަ ސަބްސްރައިބާސް ތިބިކަމެވެ.

މަސްތަނަށްމާ ކެއްކުމުގެ ދާއިރާއިން ޔޫޓިޔުބުގައި މަޝްހޫރުވެގެންދިޔައީ އޭނާގެ މާމަ ކުއްޖެ ކަމަށްވާ ކޭ ލަކްސްމަން އަދި އޭނާގެ އެކުވެރިޔެއް ކަމަށްވާ ސްރީނަތް ރެޑީގެ ސަބަބުންނެވެ. މިދެމީހުންނަކީވެސް ވީޑިޔޯ އެޑިޓަރުންނެވެ. އަދި ކައްކަން ވަރަށް ފޯރި ހުންނަ ދެމީހުންނެވެ.