English Edition
Dhivehi Edition

މިއަދު ހެނދުނުން ފެށިގެން މާލޭއަށް ބޯކޮށް ވާރޭ ވެހެމުންދާއިރު،ގިނަ މަގުތަކުގައި ވަނީ 2 ފޫޓާއި ހަމަޔަށް ފެންބޮޑުވެފައިވެއެވެ.މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.އަދި މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން މާލެއަށް މިވެހޭ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ މާފަންނުގައެވެ. މާލޭގެ ބޮޑެތި މަގުތަކުގައިވެސް ފެންބޮޑުވުމުގެ ސަބަބުން އެއްގަމުގެ ދަތުރުތައް ހުއްޓި އެއްވެސް ގޮތަކަށް ދަތުރުނުކުރެވި ދިޔައެެވެ.

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ވީ މީޑިއާގެ ސްޓޭޝަނަށް ގެއްލުންތަކެއްވެ އެތަނުގެ ހިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު ސަރުކާރުގެ ޓީވީ ޗެނަލް ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގެ ޓީވީ ޗެނަލްތައް ހިންގާ ޓީވީ ބިލްޑިންގ އަށް ވިއްސާރައިގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދާތީ، އެކުންފުނީގެ ޓީވީ ޗެނަލްތައް ވެސް ވަނީ މެދުކަނޑާލާފައެވެ.