English Edition
Dhivehi Edition

ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމް އަދާކޮށްފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިހާރު ހުރީ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައެވެ.

ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.ހޯރަ އިއްބެ މިއިން އެއްވެސް ކަމަކަށް އެއްބަސްވެފައިނުވާއިރު އޭރު ފުލުހުންގެ ހެކިބަހާއި ވީޑިއޯ އަށް ބަލާ ހޯރަ އިއްބެގެ މައްޗަށްވަނީ ކުށް ސާބިތުވެފައެވެ

ޙޯރަ އިއްބެ މިނިވަންކުރާނެ ކުރާނޭ ވަކި ތާރީހެއް އަދި ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.