English Edition
Dhivehi Edition

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިސާގެ އާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝެއިހް އަބުދުﷲ ވިދާޅުވެއްޖެއެވެ

މިނިސްޓަރު ޝާހިދު މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބުދުﷲއާ ބައްދަލުކުރައްވާފައެވެ.މި ބައްދަލުވުމުގައި މިނިސްޓަރވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތައް ޔޫއޭއީ އާއި ހިއްސާކުރައްވާފައިވާފައެވެ

މި ގޮތުން އަންނަ އަހަރުން ފެށިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ހިލޭ ވިސާގެ ދަށުން ދަތުރު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދު ވެއްޓިފައިވާ ވަޅުގަނޑުން ނަގާ، ކޮޅަށް ޖެހުމަށް ބޭރުގެ ދީލަތި އެހީތެރިކަން ހޯދުމަށް ވަޒީރުންގެ ވަފުދެއް މެދު އިރުމައްޗަށް ދަތުރުފުޅު ފައްޓަވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އިންޑިއާ އަށެވެ. ޔޫއޭއީއަށްފަހު މި ވަފުދު ސައުދީ އަރަބިއްޔާއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބެފައެވެ.