English Edition
Dhivehi Edition

24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ތައްޔާރުކޮށްފައިވާ އުޞޫލަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއުޞޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތައް، 2 ޑިސެމްބަރު ވާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން އޮންނާނީ ޝަރަފުއްދީން ސްކޫލުގައެވެ. އަދި ހުޅުދޫ މީދޫގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން 2 ޑިސެމްބަރު ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ހުޅުދޫ މީދޫ އަތޮޅު މަދުރަސާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ކައުންސިލްގެ އިދާރާގެ މެއިލް [email protected] އަށް ހިޔާލު ފޮނުވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ