English Edition
Dhivehi Edition

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ސ. ހިތަދޫ އާސީނުގޭ އިބްރާހިމް ހޫދު އައްޔަން ކުރައްވަވައިފިއެވެ. ހޫދު އެމަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުންބުނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމު ފުރުއްވި ހޫދު ވަނީ ރައީސްނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ، ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރައްވައިފަ އެވެ. ހޫދު އެންމެ ފަހުން ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ މަގާމުގަ އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ހޫދު ހަމަޖެއްސެވުމުގެ އިތުރުން ރަސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށްވެސް ހަ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، ގަލޮޅު ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމަށް، މާފަންނު އޯޝޭނިއާ މުޙައްމަދު ޒުހެއިރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމަށް، ވިލިމާލެ ފަށާމަންޒިލް ޑޮކްޓަރ ޝާހް ޢަބްދުﷲ މާހިރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ ރަށްދެބައިގެ ފާޠިމަތު ނަޞީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަޤާމަށް، އައްޑުއަތޮޅު ހިތަދޫ ރޭއަލިވާގެ އަޙްމަދު ޒުހައިރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ 1861އަޙްމަދު ޞާލިޙެވެ.