English Edition
Dhivehi Edition

ޤައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން ބައެއް ކަންކަމަށް ލުއިތަކެއް ބޭނުންވާކަމަށް އައިލެންޑް އޭވިއޭޝަން ސާވިސްއިން ބުނެފިއެވެ.
އައިއޭއެސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ބައެއް ކަންކަމަށް ލުއިތަކެއް ދީފި ނަމަ މިހާރު ވިއްކާ ޓިކެޓު އަގު، 20 ޕަސެންޓާއި 25 ޕަސެންޓާ ދެމެދަށް ކުޑަކުރެވިދާނެ ކަމަށެވެ. އެގޮތުން ތެލަށް ސަރުކާރުން ސަބްސިޑީއެއް ދެންޖެހޭކަމަށާއި ބޯޓުތަކުގެ މަރާމާތަށް ގެންނަ ތަކެތީގެ ޑިއުޓީ ކުޑަކުރުހިމެނޭ ކަމުގައެވެ. އައިލެންޑް އޭވިއޭޝަނަށް އާ ސަރުކާރުން މެނޭޖިން ޑިރެކްޓަރަކު އައްޔަންކޮށްފައި ނުވާތީ، ޓިކެޓް އަގުހެޔޮކުރުމުގެ މަސައްކަތްތައް އަދި ނުފެށެމަށް މައުލުމާތުލިބެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ޓެކްސީ ބޯޑުގެ ފީ ކަނޑާލައި އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮ ކުރުމަށް ވަނީ ވައުދުވެފައެވެ. މިގެއިތުރުން އެއްރަށުން އަނެއް ރަށަށް ދާން ބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފާވާ ގޮތް އެޕެއް މެދުވެރިކޮށް ތާވަލް ފެންނާން ބެހެއްޓުން ހިމެނެއެވެ.
މަހެއްގެ މައްޗަށް މޯލްޑިވިއަން ދަތުރުކުރާ މަންޒިލްތަކަށް 50،000 މީހުން އުފުލަ ކަމަށްވެއެވެ. އެކަމަކު އޭގެ ތެރެއިން ނިސްބަތުން ޓިކެޓްގެ އަގު ހެޔޮކަމަށް ވަނީ ތިން މަންޒިލަށެވެ. އެ ކުންފުނިން ތިން އެއާޕޯޓެއް އޮޕަރޭޓް ކުރެއެވެ. އެއީ ދަރަވަންދު އާއި އިފުރު އެއާޕޯޓުގެއިތުރުން ތިމަރަފުށީ އެއާޕޯޓެވެ. ނަމަވެސް ތިމަރަފުށީ އެއާޕޯޓް ހިންގަމުންދަނީ ގެއްލުމަބުނެއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޭރުގެ ގައުމަތަކަށް ދަތުރުކުރުމަށް ވުރެ ވެސް ބޮޑުވުމުން ގިނަ ބައެއްގެ ފާޑުކިއުމާ އެކުންފުންޏަށް އަބަދުވެސް ކުރިމަތިވެ އެވެ.