English Edition
Dhivehi Edition

ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެން ގަދައަޅާ މަސައްކަތްކުރަންވާނެ ކަމުގައި ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ އިއްޔެ ހަވީރު “މާފުށީ އެޑިއުކޭޝަނަލް ޓްރެއިނިންގް ސެންޓަރ ފޮރ ޗިލްޑްރެން” (އީ.ޓީ.ސީ.ސީ) ގައި ބޭއްވި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ 20 ވަނަ ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭމްޕް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޭމްޕުގެ ބައިވެރިންނާއި މުހާރަބުކޮށް ވާހަކަދައްކަމުން ފަޒްނާ ވިދާޅުވީ، ބައިވެރިންނަށް މި ތަމްރީނުގެ އެހީގައި ދިރިއުޅުމުގެ ގިނަގުނަ އުކުޅުތައް ދަސްވާނެކަމަށެވެ. އަދި ހުރިހާ އެންމެންވެސް ކޮންމެ ދުވަހެއް ނިމުމުގެ ކުރިން ރަނގަޅު ކަންކަން ކުރެވިފައި ހުރި މިންވަރު އަޅައި ކިޔަންޖެހޭކަމުގައި ފަޒްނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޝަރަފުގައި ގާލް ގައިޑުންގެ ފަރާތުން “ގާރޑް އޮފް އޮނަރ” އެއް އެރުވިއެވެ. އެއަށްފަހު ކޭމްޕް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަނާވަނީ ކޭންޕުގެ ދިދަ ނަންގަވައިދެއްވައިފައެވެ.މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ކޭމްޕްގެ ބައިވެރިންނާއިއެކު ފޮޓޯފުޅެއް ނަންގަވައި، ތަމްރީން ޕްރޮގްރާމްގައި ހިނގަމުންދިޔަ ބައެއް ކޭމްޕްތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭމްޕަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމެކެވެ