English Edition
Dhivehi Edition

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެންޏަށްދައުވަތު އެކިފަރާތްތަކަށް ލިބިފައިވާއިރު ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދޭ ސުވާލަކީ އެ ހަފްލާގައި ދީވެހި އެއްވެސް ފިލްމީ ފަންނާނެއް، ބައިވެރި ވާނެތޯ ނުވަތަ ނޫންތޯ އެވެ.
އަންނަ މަހު ދޭއްގައި ޕްރިޔަންކާ ކައިވެނި ކުރަން ހަމަޖެހިފައި ވާއިރު ކައިވެނީގެ ހަފްލާ އޮތީ އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގަ އެވެ. ކައިވެނީގެ ހަފްލާއަށް ބޮލީވުޑްގެ ބައެއް ފަންނާނުންނަށް ށާއި ބައެއް ރަހުމަތްތެރިންގެ އިތުރުން އޭނާއަށް ސަޕޯޓްކުރާ ބައެއް ޙައްސަ ފަރާތްތަކަށްވެސް ވަނީ ދައުވަތު ދީފައިވެއެވެ
ދިވެހި ރާއްޖޭގައި މިވަގުތުހުރި ޕްރިޔަންކާ ޗޯޕްރާގެ އެންމެބޮޑު ފޭންއަކީ ސުނީތާ އަލީ (ސުނީ) އެވެ. މިކަން މިގެކުރިން ސުނީ އެތައްފަހަރެއްގެ މަތިން ރައްޖޭގެ މީޑިއާތަކުގެ އިތުރުން ބޭރުގެ މީޑިއާތަކާއި ބައިންލްއަގްވާމީ މަޝްހޫރު މަޖައްލާތައް އަދި ސެލެބްރިޓީންގެ ވާހަކަތައް ގެނެސްދޭ ޖީކިޔު މަޖައްލާގައިވެސް އެކަންވަނީ ހަމަކޮއްފައެވެ. އިންޑިޔާގައި ޕްރިޔަންކާއަށް އެތައް ފަހަރެއްގެމަތިން ސުނީ ވަނީ ބައްދަލުކޮއްފައެވެ. 2015 ވަނަ އަހަރު އާއަހަރު ފެށުނުރޭ ފަހާގަކުރި ހަފްލާގެ ތެރެއިން ސުނީ ވަނީ ޕްރިޔަންކާގެ އަތުން ދިވެހިންގެ ކުރިމަތީ ހަނދާނީ ފިލައެއްވެސް ހޯދާފައެވެ. އެހެންކަމުން މި ހުރިހާ ކަންކަމަށް ބަލާއިރު ޕްރިޔަންކާގެ ކައިވެނީގައި ބައިވެރިވުމުގެ ފުރުސަތު ސުނީއަށް ލިބުންގާތެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކްގެ ކައިވެނީގެ ކުރިން އޮންނަ ހަފުލާތައް މިމަހުގެ 29 ފެށޭނެއެވެ.މިއީ އިންޑިއާގެ ސްޓައިލަށް ބޭއްވުމަށް ހަމަޖެހިފައިވާ ކައިވެނީގެ ހަފްލާއެއް ކަމަށް މަޢުލޫމަތު ލިބެއެވެ.