English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ މީދޫގެ މުއައްސަސާތަކުގެ މަސައްކަތްކުރާ ދިވެހި މުއައްޒަފުންނަށް އަމާޒުކޮށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނަށް އަހްލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ

އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން އިންތިޒާމުކޮށް އެެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ހުޅުދޫ މީދޫގެ އެކި މުއައްސަސާތަކުން 19 މުއައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާއި ބެހޭ ގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގައި ހުރި ދަތިތަކާ ބެހޭ ގޮތުންވަނީ މަޝްވަރާކޮށްފައެވެ

މި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަރަފުވެރި މެހެމާން އައްޑޫ ސިޓީ މީދޫ ކައުންސިލާ ހިޔާޒް ހަސަންވަނީ ބަ މި ފަދަ ބައްދަލުވުންތަކުން ލިބޭ މައުލޫމާތުގެ ބޭނުން ހިފުމަށް ބައިވެރިންނަށް ނަސޭހަތް ދެއްވާފައެވެ

.