English Edition
Dhivehi Edition

ރ.ވާދޫ ކައުންސިލްގެ ވައުދު ތަކުގެތެރޭ ހިމެނޭ މުހިންމު އެއް ވައުދަކީ ވާދޫ އުތުރުކޮޅު ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމާއި ސްޓޭޖެއް އަޅައިދިނުމުގެ ވައުދެވެ. ނަމަވެސް އެތައް ފަހަރެއްގެ މަޑުޖެހުމަކަށްފަހު ސްޓޭޖްގެ މަސައްކަތް މިހާރު ފަށާފައިވަކަމައް މައުލޫމާތުލިބެއެވެ. މި ސްޓޭޖަކީ ފަތުރުވެރިކަމާއި ގުޅޭ ގިނަޙަރަކާތްތައް ހިންގޭފަދަ ގޮތަކަށް ފަރުމާކޮއް ފައިވާތަނެއްކަމައް ކައުސިލުން ބުނެއެވެ.

ވާދޫގެ އުތުރުކޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުއްދަދީފައިވަނީ
2014 ވަނައަރުގެ ޖުލައިމަހުގެ 2ވަނަދުވަހުއެވެ.ފަތުރުވެރިކަންތަރައްގީ ކުރުމަށް ވާދޫ ކައުންސިލުން ކަނޑައަޅާފައިވާ 3.5 ހެކްޓަރުގެ ބިމުގެތެރެއިން 0.5 ހެކްޓަރުގެބިން ކުއްޔަށް ދުކުރަނީ ޓުއަރިޒަމް ޤާނޫނުގެ ތެރެއިން 50 އަހަރު ދުވަހަށާއި ބަކީ 3 ހެކްޓަރުވެސް ކުޔައް ދުކުރަނީ 50އަހަރު ދުވަހަށް ކަމަށް ކައުންސިލުން ބުނެއެވެ.މިތަނުގައި އިމާރަތްކޮށް ޓުވަރިޒަމް އާއި ގުޅޭ ވިޔަފާރި ކުރުމާއި އޮޕަރޭޓްކޮއް ހިންގާ ބެލެހެއްޓުމުގެ ހުއްދަ ކުއްޔަށްހިފާ ފަރާތްތަކަށް ދޭނީ އެތަންތަނުގެ 40 އިންސައްތަ ވާދޫގެ ރަތްއިތުންނަށް އަދި އިތުރު 20 އިންސައްތަ އަލިފުށި، ރަސްގެތީމު އަދި އަނގޮޅެތީމުގެ ރައްޔިތުންނަށް ހާއްސަކުރުމަށް ޝަރުތުކޮށްކަމަށް ވާދޫ ކައުންސިލުގެ ރައިސަް ހުސައިން އަލީ ވިދާއަޅުވެފައިވެއެވެ.

މިއަދާއި ހަމައަށްވާދޫގެ އުތުރުކޮޅު ސަރަހަދުގައި އެއްވެސް މަސައްކަތެއްގެ އަމަލީ މަސައްކައް ފައްޓާފައިނުވާއިރު ވާދު ކައުންސިލްގެ 2ވަނަ ދައުރު ނިމުމާ ގާތްވެފައިވަަނިކޮއް ފާލަން ހޯލްޑިން ކިޔާ ކުންފުންޏަކާއެކު އެގްރިމެންޓު ހަދައި އެއްބަސްވުމުގައި ސޮއިކޮއްފައިވެއެވެ. އެހެން ނަމަވެސް މިއަދާއި ހިސާބަށްވެސް އެއްވެސް މަސައްކަތެއްގެ އަމަލީ މަސައްކަތް ސޮއިކޮއްލުން ފިޔަވާ ކޮއްފައި ނުވެއެވެ. ވާދު ކައުސިލް ގައި ޕީޕީއެމްގެ ސުޕަ މެޖޯރިޓީ 3ކައުންސިލަރުން ތިއްބަވައެވެ. ނިމިދިޔަ ސަރުކާރުގެ ގިނަ އެހިތަކާއި ޕްރޮގްރާމްތައްވެސްވަނީ ވާދޫގައި ކުރިއަށް ގެންގޮސްފައެވެ.